ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ދޫކޮށްފައިވާ ލޯނުތަކާ ގުޅިގެން ހުރި ޝަކުވާތައް އިންސާފުވެރިކަމާއެކު ބަލައި، އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކޮށް އާންމު ފަރާތަކުން ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި މި ސްކީމްގެ ދަށުން ލިބުނު އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ބޮޑެތި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި އުޅަނދުތައް ބޭނުން ނުކުރެވި ހުއްޓައި ލޯނު ދެއްކުމަށް ބާރުއަޅަމުންދާތީ، ލޯނު ނެގި ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ލޯނު ނެގި ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިނުވަނީސް ލޯނު އަނބުރާ ދެއްކުމަށް އެދުމަކީ ބޭއިންސާފެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް ބަލައި އަވަސް ހައްލެއް ހޯދައިދިނުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މި މައްސަލަތައް ދިރާސާކުރުމަށް ޓްރާންސްޕޯޓް ދާއިރާގެ އިސްވެރިންނަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައި، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަންކަން ފަހިކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.