ޑެންގީ ހުންޖެހިގެން އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މ. މުއްޔަށް ނިސްބަތްވާ 17 އަހަރުގެ އާއިޝަތު އަންޖަލް މުމްތާޒެވެ.
އެކުއްޖާ ނިޔާވީ ޑެންގޫ ޖެހިގެން މުލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ތިންދުވަސް ވީފަހުންނެވެ. ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މީ ޑެންގީގައި މިމަހުގެ ތެރޭގައި ދެވަނަ މަރެވެ.
މި މަހުގެ 13 ވަނަ ދުވަހުވެސް ށ. މިލަންދޫއަށް އުފަން 22 އަހަރުގެ ފިރިހެނަކު ވަނީ ޑެންގޫ ޖެހިގެން ނިޔާވެފައެވެ.





