ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު ބްރިޖްގައި ދެ ކާރު ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 އޭޕްރީލް 23 ވަނަ ދުވަހުގެ ދަންވަރު 02:43 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ކާރު ފުރޮޅާލާފައިވީ ނަމަވެސް، އެއްވެސް މީހަކަށް ބޭރުފުށުން ޖިސްމާނީ އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް