ލ. ހިތަދޫގައި މަސްހިފަން އެރުނު މީހަކު ގެނބިގެން މަރުވެއްޖެ

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު 2026 އޭޕްރީލް 21 ވަނަ ދުވަހުގެ 15:42 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން އެޓެންޑްވެ އެ މީހާ ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް