ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޢަބްދުއްރަޙީމް ރާއްޖެ ވަޑައިގެންފި

ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިގޮތުން އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް ތުރުކީވިލާތުގެ އިސްތަންބުލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޢަބްދުއްރަޙީމާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ މިއަދެވެ.

މި ދަތުރުފުޅުގައި ޢަބްދުއްރަޙީމް ވަނީ އައި.ޕީ.ޔޫގެ 152ވަނަ އެސެމްބްލީގައި ތަޤުރީރުކުރައްވައިފައެވެ.

މީގެ އިތުރުންއިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 5 ވަނަ ކޮންފަރެންސްގައިވެސް ޢަބްދުއްރަޙީމް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް