ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވެއްޖެއެވެ.
މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށެވެ.





