އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރ ވަގުތީ ގޮތުން ބަންދުކޮށްފި

އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި، އާބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު މިއަދު 14:00 އިން ފެށިގެން އެޕްރީލް 22 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މި މުއްދަތުގައި މި ސެންޓަރުން ދެމުން ގެންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗްގެ ޖީއޯޕީޑީ އަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނީ ދަމަނަވެށިން ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ މި ބަދަލުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް