ޑްރަގާއެކު ފޯކައިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / ގުލްޒާރުގެ، ޝާހް ސުލައިމާން (34އ) އެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި މި މަހު 19 ވަނަ ދުވަހު ފޯކައިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

މިގޮތުން މި މައްސަލާގައި ފޯކައިދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވި ވަގުތު އެއްޗެއް އެއްލައިލިތަން ފެނުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް