މަސްތުވާތަކެތި ބޭނުންކޮށް ޖުވާ ކުޅެ އުޅޭ 38 ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ 2026 އޭޕްރީލް 16 ވަނަ ދުވަހު، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ. މި އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ޖުވާކުޅުމުގެ ތުހުމަތު ކުރެވޭ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިހާރު މި މީހުން ވަނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެއިން ފޮނުވާލުމަށް ނުވަތަ ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް