މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ކުޑަކުރުމަށްޓަކައި ސިފައިން ދަނީ ހަރަކާތްތެރިވަނީ

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މޫސުމީ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، އެމްއެންޑީއެފްއިން ފެން ހިންދުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ކުޑަކުރުމަށްޓަކައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގައި ފެންބޮޑުވުމަކީ ހައްލެއް ނުލިބި ދިގުލައިގޮސްފައިވާ ކަންބޮޑުވުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި ސިޓީ ކައުންސިލުން މަގުތައް މަރާމާތުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައިޖެހޭނެއެވެ. އަދި އެހެން ސަރަހައްދުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވީ ނަމަވެސް، މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ.

މެޓް އޮފީހުން އިތުރަށް ފާހަގަކުރި ގޮތުގައި، ވާރޭވެހި މޫސުން ބަދަލުވި ނަމަވެސް، ވައިގެ ތެތްކަން ހުރިގޮތުން އިހުސާސްކުރެވޭ ހޫނުމިން އަދިވެސް ހުންނާނީ މަތީގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް