ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މާލޭ ކަސްޓޯޑިއަލް ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު ނިޔާވި މީހާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ މިއަދު ހަވީރުގެ ވަގުތެއްގައި ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއީ ބަންދުގައި ހުރި މީހަކަށް ވާތީ، މަރުވާން މެދުވެރިވި ސަބަބު ކަށަވަރު ކުރުމަށްޓަކައި ހަށިގަނޑުގެ ތަހުލީލުތައް ކުރިއަށްގެންދާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހިއްސާކޮށްފައެވެ. މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް