ސްކޫލު ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ޑޮކްޓަރަށް ދެއްކި މި ކުއްޖާ ބަލިވެއިންކަން އެނގިގެން އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މައްސަލަ ބަލަމުންދަނީ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކުއްޖާއަކީ ގްރޭޑް 11 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ. އަށް މަހުގެ މާބަނޑު މި ކުއްޖާ މިދިޔަ ހަފުތާގައިވެސް ސްކޫލަށް ހާޒިރުވެ، ބައެއް މުބާރާތްތަކުގައި ވެސް ބައިވެރިވެފައިވާ ކަމަށް އެނގިފައިވެއެވެ.

މި ކުއްޖާ ޑޮކްޓަރަށް ދެއްކީ ބަނޑަށް އާދަޔާ ހިލާފު ބަދަލުތަކެއް އައިސް، ބަނޑު ހަރުވާތީ އާއިލާގެ އެހީތެރިކަމާއެކުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް