ކުޅުދުއްފުށި ސިޓީން ގެއްލުނު މީހަކު ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް 2026 އޭޕްރީލް 15 ވަނަ ދުވަހުގެ 13:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށާއި، އެމީހާ މިހާރު ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.




