މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

މި ހިނގާ މަސް ނިމުމުގެ ކުރިން ގިރާވަރު ފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށާއި، ބިމުގެ ރެޖިސްޓްރީ ދޫކުރާނީ އެ ސަރަޙައްދު އެއްކޮށް ހިއްކާ ނިމުމުން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ކުރީގެ ސަރުކާރުން ބިން ނުހިއްކައި ގޯތީގެ ރެޖިސްޓްރީ ހަވާލުކޮށްފައިވާތީ، އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ، ބިން ހިއްކުމުގެ ތާވަލާއި، ޕްލޮޓްތައް ހަވާލުކުރުމުގެ އިތުރުން ގޯތިތައް އެހެން ތަނަކަށް ބަދަލުކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، ސަރުކާރު ބަދަލުވިއިރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ނިންމިފައިވަނީ އެންމެ 54 ހެކްޓަރެވެ. އެ ކުންފުންޏަށް މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންދެވުމުން، މިހާރު މި މަޝްރޫޢު ކުރިއަށްގެންދަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެމްއޭސީއެލްއިން މަސައްކަތް ފެށިފަހުން ބާކީ އޮތް ބައިގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ކުރިން އެކުލަވާލި ލޭންޑް ޔޫސް ޕްލޭނުގައި 5000 ގޯތި ދޫކުރަން އޮތް ނަމަވެސް، އެ ސަރަޙައްދުގެ ޖާގައަށް ބަލައި 1114 ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު އައު ޕްލޭނެއް އެކުލަވާލައި، މިހާރު ވަނީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައްވެސް ކަނޑައަޅާފައެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

ބިމުގެ ރެޖިސްޓްރީއާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން ރެޖިސްޓްރީ ހަދައިދެވޭނީ ހަމައެކަނި ހިކިފަސް ބިމަށް ކަމަށެވެ. އެހެންކަމުން، ބިން ހިއްކާ ނިމުމާއެކު ރެޖިސްޓްރީ ދޫކުރުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދެނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، މަސައްކަތް ހިނގާގޮތް ބައްލަވާލައްވާފައިވާތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް