މިނިސްޓަރު އަސްވާޑާއި މިނިސްޓަރު ތޯރިގް ވެސް އިސްތިއުފާ ދެއްވައިފި

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އާއި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ ބޭފުޅުން މަގާމުން ވަކިވެވަޑައިގެންނެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް، މި އިސްތިއުފާތަކުގެ ފަހަތުގައިވާ ސީދާ ސަބަބެއް އެ އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

މި ހިނގާ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނަތީޖާއާ ގުޅިގެން، ދައުލަތް ހިންގުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ދެއްވާފައެވެ.

ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 20 މެންބަރުންގެ ތެރެއިން އަށް ބޭފުޅަކު މިއަދު މަގާމުން ދުރުވެފައިވާއިރު، ފާއިތުވި ހަފުތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް