ފޮރިން މިނިސްޓަރު ހަލީލު މަގާމުން ވަކިކޮށްފި

ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލް އެ މަގާމުން ވަކިކުރައްވައިފިއެވެ.

މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައި ދެވަނަ ބަދަލެވެ. ޑރ. ހަލީލް އެންމެ ފުރަތަމަ ފުރުއްވީ ދިވެހިރާއްޖޭގެ ސިއްހީ ވަޒީރުގެ މަގާމެވެ.

ހަލީލްގެ ބަދަލުގައި މިހާރު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދެވި އަބްދުالله ނާޒިމް އެވެ.

ޑރ. ހަލީލް ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 30 ސެޕްޓެމްބަރު 2024 ގައެވެ. އޭނާގެ ކުރިން އެ މަގާމު ފުރުއްވީ މިހާރުގެ މާލީ ވަޒީރު މޫސާ ޒަމީރު އެވެ.

މީގެ އިތުރުން، ޑރ. ހަލީލަކީ ރައްޔިތުންގެ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް