ފޭކް ސްލިޕް ފޮނުވައިގެން ސައިކަލެއް ނެގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ސޮލައިމާން އާމިރު. ފޮޓޯ: ފުލުހުން

ސައްހަ ނޫން ފައިސާގެ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން ޝީޝާއިން ސައިކަލެއް ނެގި ބިދޭސީއެއްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 24 އަހަރުގެ ސޮލައިމާން އާމިރުގެ މައްޗަށެވެ.

އޭނާ ވަނީ 92،000 ރުފިޔާގެ ފޭކު ސްލިޕެއް ދެއްކުމަށްފަހު، ހުޅުމާލޭގައި ހުންނަ ޝީޝާގެ ސަރވިސް ސެންޓަރަކުން "ހޮންޑާ އޭޑީވީ 160" މޮޑެލްގެ ސައިކަލެއް ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން މިހާރު ވަނީ އަނެއްކާވެސް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި، މަކަރާއި ހީލަތުން ސައިކަލު ހޯދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް