މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާ (37އ) އެވެ.
މުޙައްމަދު ޠާހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުންނެވެ.
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ޕެކެޓް ފެނިފައިވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި، ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެން އެ ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގެ ތެރޭގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮއްވައެވެ. އެ ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުއްޓެވެ.
މުޙައްމަދު ޠާހާ ދުއްވި ސައިކަލު ޓޯކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




