ފަރަށް އެރި ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ '"އުދަރެސް"' ނަމަކަށް ކިޔާ މުދާއުފުލާ ބޯޓު ފަރަށް އަރައި، އަޑިއަށް ދިޔަ ހާދިސާގައި، ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ އިސްމާއިލް އަފީފް ކިޔާ މީހެއް ކަމަށެވެ. އަދި އެއީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށާ އޭނާ މިހާރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައެވެ. އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރުއެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

2 ދިވެހިންނާއި 10 ބިދޭސީން ދަތުރުކުރި މި ބޯޓު ލ.އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ.

އަދި މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް