ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓްކޮށްފި

މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން އެއް ކޭސް ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ނިންމުމާއެކު، އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް މިވަގުތު ތެޔޮ މަސްދަޅު ލިބޭނީ އެންމެ ކޭހެއްގެ މިންވަރަށެވެ.

މިފްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބަދަލު ގެންނަން ޖެހުނީ ތެޔޮ މަސްދަޅުގެ ސްޓޮކް ދަށްވުމާ ގުޅިގެންނެވެ.

ނަމަވެސް، އެ ކުންފުނީގެ އެހެނިހެން އުފެއްދުންތައް އެއްވެސް ލިމިޓެއް ނެތި ކުރިއެކޭވެސް އެއްގޮތަށް ބާޒާރުން ލިބެން ހުންނާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ދެ ދުވަސް ކުރިން މިފްކޯއިން ވަނީ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ނިންމާފައެވެ.

އެހެންނަމަވެސް، އެ ނިންމުމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ކުރިމަތިވުމުން، އެ ކުންފުނިން ވަނީ އަގު ބޮޑުކުރި ނިންމުން ބާތިލްކޮށް، އަލުން ކުރީގެ އަގުގައި މަސްދަޅު ވިއްކަން ފަށާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް