ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު

ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފިއެވެ.

ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކޮށްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އޭނާ މަޤާމުން ވަކިކުރުމަށްފަހުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންްސިލް އިންތިހާބަށްފަހު ލީކުވި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ، އޯޑިއޯއަކާއި ގުޅިގެން ކަމަށް ވާހަކަ ދެކެވެއެވެ.

އަސްމާގެ ކޮއްކޮ ސަލްމާއާއި ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފްް (މޮންދު) މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މޮންދު ހުންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމުގައެވެ.

އެހެންނަނަމަވެސް ސަލްްމާގެ ވަޒީފާ މިހާރު ވަނީ އަލުން އިއާދަކޮށްފައެވެ. އަސްމާގެ އަންހެން ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފް ހުންނެވީވެސް ސަރުކާރުގެ އިސް މަގާމެއްގައެވެ. އޭނާ ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަގާމުގައެވެ. އެހެންނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ.

ލީކުވި އޯޑިއޯގައި އަސްމާ އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް