ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ

އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި މާލޭގެ މަގެއް މަތީގައި އޮތްވައި ފެނުނު މީހާ ރޭ މަރުވެފައިވާ ކަމަށާއި، އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މަރުވެފައި ކަމަށެވެ. އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް