އެގްރޯނެޓްގެ އެމްޑީ މަގާމުން ހުސައިން ދީދީ ވަކިކޮށްފި
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެ އެވެ.

އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިންދީދީ ވަކިކުރި އިރު، ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް