މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕީސީބީން ވަނީ އިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން، މިއަދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަދި އިސްތިއުފާ ގަބޫލުކޮށް އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ރިޝްވާން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ އެމްޕީއެލްގެ މުވައްޒަފަކާ ނުވަތަ މުވައްޒިފުންތަކަކާ ޒުވާބުކުރައްވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. ސަރުކާރުން އޭނާއަށް އިސްތިއުފާ ދޭން އެންގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.



