މާލެ މަގުމަތިން އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއަކުން، މަގު މައްޗަށް އެއްލާލާފައި އޮތް މީހެއް ހޮސްޕިޓަލަށް ދެންމެ ގެންގޮސްފި އެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ބިދޭސީ އެ މީހާ އޮތީ "މަރުވެފައި ކަމަށް ބެލެވެ" އެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:18 އެހައިކަންހާއިރު ލިބިފައިވާ ކަަމަށެވެ.

ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެމީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް