މަސްދަޅުގެ އަގު ބޮޑުނުކުރަން މިފްކޯއިން ނިންމައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މިފްކޯއިން ބުނީ އަގު ބަދަލުކު ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް ކަމަށެވެ.

އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މަސްދަޅުގެ އަގު ބޮޑު ކުރަން ނިންމިކަން މިއަދު އިއުލާންކޮށް މީގެ ކުރިން މިފްކޯއިން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން އަގަށް އައި ބަދަލުތަކަށް ބަލާއިރު، ކުރިން ލީޓަރެއް 11.57 ރުފިޔާއަށް މިފްކޯއަށް ލިބެމުންދިޔަ ތެޔޮ މިހާރު ލިބެނީ 14.32 ރުފިޔާއަށް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ކުރިން ވިއްކި އަގަށްވުރެ އެއް ރުފިޔާ ބޮޑުކޮށް، ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް އަދި، ތެޔޮ މަސްދަޅު ކޭހެއްގެ އަގު 800 ރުފިޔާއަށް ބޮޑުކުރިއެވެ.

ނަމަވެސް ދާދި ދެންމެއަކު މިފްކޯއިން މިވަނީ އެ ނިންމުން ބަދަލުކުރިކަން އިއުލާން ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް