ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަން: ރައީސް

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ މިއަދުގެ އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ފޮނުވާފައެވެ.

އޭގެ އިތުރުން ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަންކަން ރައީސް ވަނީ ދެއްވާފައެވެ.

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ގޮޑިތައް އިދިކޮޅު އެމްޑީޕީ އިން ކާމިޔާބުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަން ވެސް އެމްޑީޕީ ކެނޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް