ލޯކަލް ކައުންސިލް އިންތިިހާބުގެ ވޯޓުލުން ކުރިއަށް ދަނީ- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓުލާ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު ދެންމެ ވިދާޅުވީ، މިހާ ހިސާބަށް އައިރު ވޯޓުލެވޭ އާބާދީގެ %44.75 ވޯޓުލާ ނިމިފައިވާ ކަމަށެވެ.

އެއީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދަށް ބަލާއިރު ރަނގަޅު އަދަދެއް ކަމަށް ޒާހިރު ފާހަގަކުރެއްވި އެވެ.

މާލޭގައި ބައެއް ފޮށިތަކުގައި ބައެއް ކުދިކުދި މައްސަލަތައް ދިމާވިޔަސް، ބޮޑެތި މައްސަލަތަކެއް ދިމާނުވާ ކަމަށާއި އިންތިޒާމުކޮށްފައިވާ ގޮތަށް ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްދާ ކަމަށް ޒާހިދު ވިދާޅުވިއެެވެ.

ޒާހިދު ވަނީ 4 ޖެހުމުގެ ކުރިން ވޯޓުލުމަށް އިލްތިމާސް ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް