އޮޔާ ދިޔަ ކުދިންތަކެއް ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ

ފުލުހުން ބުނީ ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 އޭޕްރީލް 3 ވަނަ ދުވަހުގެ 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެމީހާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް