ސްކޭމް މައްސަލައެއްގައި 2 މީހަކު ހޯދަން އިއުލާންކޮށްފި

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައިވަނީ، ދާގަނޑުކެކުރިގެ / ސ.ހިތަދޫ، ޝާފިޢު ޝިހާބު (33އ) އާއި، އައްސިދަ / ގދ.ގައްދޫ، މުހައިމިނު ޝަރީފު (36އ) އެވެ.

ފުލުހުން ވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މީހުން ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގައިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް