މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މުލީގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޢަބްދުއްލަޠީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ.

މި މަޝްރޫޢުގެ ދަށުން ތިން ފަންގިފިލާގެ އިމާރާތެއް ބިނާކޮށް، އެތަނުގައި 10 ކުލާސްރޫމް، އެއް ލައިބްރަރީ، އެއް އޭވީ ރޫމް، އަދި އެއް ހެލްތު ރޫމް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް