12 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މާރިޗު 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިނިޝް މުރުގަން، އިންޑިއާ (23އ) އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި، އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި، މިމައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާއިރު، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް