މަރުވި ފަތުރުވެރިޔާ ދޯންޏަކަށް އަރުވަނީ -- ފޮޓޯ: އެމްވީ ކްރައިސިސް

އދ. ފެންފުށި ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއްކަމަށް ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް