ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އަލުން ހައްޔަރުކޮށްފި

ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 35 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 30 އަހަރުގެ ޙަސަން ޢާޒިމެވެ.

ފުލުހުން އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގު ވިއްކާ ކަމަށެވެ. އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކުރީ، ޑިސެމްބަރު ނުވައެއް، 2024ގައެވެ.

އޭގެފަހުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީ ދޫޑިގަން ޒަމާނީގެ ހަސަން އާޒިމް އާއި އެ ސިޓީ ކަރަންކާވިލާ، އަޙްމަދު ނިއުޝާދު ގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ އެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންްގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރުކުރީ މާރިޗު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް