ގައުމީ ބޭންކު ބީއެމްއެލުން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑު ހަފުލާގައި، އެ ކުންފުނީގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
ރޭ ބޭއްވި ހަފުލާގައި ބީއެމްއެލުން ވަނީ، އެކި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު އަރުވައިފައެވެ. އެގޮތުން ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް 38 އެވޯޑު އަރުވާފައިވާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެ އެވެ.
މި ހަފްލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މި އަހަރު ހާސިލްކުރީ:
- ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އްބްދުއްރަޝީދު
- މިއީ މިދިޔަ އަހަރު މިސްބާހް ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް
- މޫސާ މުންސިފް އަޙްމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
- ހުޝާމް ސަޢީދު، ޑީރެކްޓަރު، ޓެކްނޮލޮޖީ
- ރަޝްފާ ޖަޢުފަރު، ޗީފް ކްރެޑިޓް އޮފިސަރު
- ޙަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
- ޢަދުލީ އަޙްމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު





