ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް ހަދައިފި އެވެ.

މި ބަދަލުތަކާއެކު، ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދުން ފަސިންޖަރުންނަށް ޓެކްސީއަށް އަރާފޭބުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތީގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ބޭލުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ 4 ޓެކްސީއަށް މަޑުކޮށްލެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތީގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ 5 ޓެކްސީއަށް މަޑުކޮށްލެވޭނެ ޖާގަ ވަނީ ހަމަޖައްސާފައެވެ. އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި، މި ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް