ދިރާގު އެޕްގެ އޯޓީޕީ އެސްއެމްއެސް މެދުވެރިކޮށް ލިބިދާނެ، މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން: ދިރާގު

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ދިރާގު އެޕްލިކޭޝަނަށް ވަނުމަށް ބޭނުންކުރާ އޯ.ޓީ.ޕީ ކޯޑުތަކެއް ބައެއް ކަސްޓަމަރުންނަށް އެސް.އެމް.އެސް މެދުވެރިކޮށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދިރާގުން ބުނެފިއެވެ.

ދިރާގުން މިހެން ބުނެފައިވަނީ މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިގޮތުން ދިރާގުން ބުނީ އެ ކުންފުނީގެ ޓީމުން މިހާރު ދަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

ދިރާގުން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ.

"އަދި ތިޔަބޭފުޅުން ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ކެތްތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، ދިރާގުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް