އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި ލޯންޗުގެ ކައްޕިއަށް އަނިޔާވެއްޖެ

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެފައިވާކަމުގެ މަޢުލޫމާތު މިއަދު 10:39 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓުގައި ލޯންޗުގައި ކެޕްޓަނަށް އނަިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި، ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގިއިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން ކަމަށެވެ. މި އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް