އުމުރުން ދުވަސްވީ މީހަކު އަތުން ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ މީހަކު އަތުން ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ މިރިޔާސް މަގުން ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މިހަކު ހިފަހައްޓާފައިވާ ކަމަށް މިއަދު 20:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް