ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދިއްދޫއިން ތިން މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަޓަވަލް ސަހިލް، އިންޑިއާ (25އ) އާއި ޓަމަންގް ރަޓަން، އިންޑިއާ (24އ) އާއި ތަޕާ ކެޝަބް، ނޭޕާލް (21އ) އެވެ.

ފުލުހުން ބުނީ މި މާރިޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވިގެން ދިއްދޫ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް