ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ހަދަނީ

ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އަމީރު އަހުމަދު މަގުން ޝަހީދު ހުސައިން އާދަމް ބިލްޑިންއާ އިންވެގެން އޮންނަ ބިމުގައި ހުރި އިމާރާތް ތަޅާލައި މިހާތަނަށް ބޭނުންކުރަމުން އައީ ސައިކަލު ޕާކުކުރާ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ ބަެއެއް އޮފީސްތައް ހިންގަމުން އައި ގާޒީ ބިލްޑިންގު ތަޅާލީ 5 ބުރީގެ އެ އިމާރާތް ބާވެ ބޮލަށް ވެއްޓޭވަރުވެފައިވަނިކޮށް މިދިޔަ ސަރުކާރުގައެވެ. އަދި ހަމަ  އެ ސަރަހައްދުގައި ހުރި ހުރަވީ ބިލްޑިންގުވެސް ބާވެ ހަލާކުވުމުން މިދިޔަ ވެރިކަމުގައި 2023ގައި އެތަންވެސް ވަނީ ތަޅާލާފައެވެ.

ގާޒީ ބިލްޑިންގައި ހުރަބީ ބިލްޑިންގު ތަޅާލުމަށްފަހު އެ ދެ ސަރަހައްދު ބޭނުންކުރަމުން އަންނަނީ ސައިކަލް ޕާކިން އޭރިއާއެއްގެ ގޮތުގައެވެ. ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި މިދިޔަ ސަރުކާރުން އޮތީ ޕާކެއް ހަދާފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ގާޒީ ބިލްޑިންގު ހުރި ތަނުގައި ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށެވެ. އަދި އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް ެއަމަލީ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ޕާކު ހެދުމުގެ މަސައްކަތް ކުރުމަށް ގާޒީ ބިލްޑިންގު ހުރި ސަރަހައްދު މިހާރު އޮތީވެސް ޓިނު ޖަހާ ބަންދުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް