މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ލުބޯމާގެ / މާލެ، އަހްމަދު ޙަމްދާން (26އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވުމަ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަހްމަދު ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް