ޤާސިމްގެ ނަމުގައި ދައުރުވަމުންދާ ސްކޭމަށް ސަމާލުވުމަށް އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމްގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި 50،000ރ. ލިބޭނެ ކަމަށް ބުނެ ދައުރުވަމުންދާ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް ޤާސިމް އެދިވަޑައިގެންފިއެވެ.

މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ބައިލައްކަ ރުފިޔާ ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް ލިބޭ ފުރުޞަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އޭނާގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއެކު ފަތުރަމުންދަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްޙަނޫން މުޢާމަލާތެއް ކަމަށެވެ.

ޤާސިމް ވިދާޅުވީ މިފަދަ ސްކޭމަރުންގެ ސަބަބުން އެތަށްބައެއްގެ ވަގުތުބޭކާރުވެ، އެތަށްބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދާ ކަމަށެވެ.

"އެހެންކަމުން މިފުރުޞަތުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި މި މަޢުލޫމާތު ހިއްސާކޮށްލަން. މިފަދަ ނޭންގާނީ ޢަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތް ކުރައްވާށި"، ޤާސިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް