ގޭހުގެ އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ގެންނަނީ

ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް އަންނަ ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ކުރިއަށް އޮތް ދެ ހަފުތާ އަށް ބޭނުންވާ ގޭސް މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އަންނަ ހަފްތާގައި ގޭހުގެ އާ ޝިޕްމަންޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް އަންނާނެ ކަމަށެވެ.

އެސްޓީއޯގެ ލަފާކުރާ ގޮތުގައި ތެލުގެ ޝިޕްމެންޓެއް މި މަހުގެ 20 އަދި 23 ގައި ވެސް ރާއްޖެ އަށް އަންނާނެ ކަމަށެވެ.

ގޭސް މަދުވުމުގެ ސަބަބުން މިހާރު އަންނަނީ10 ކިލޯ ފުޅީގެ ބަަދަލުގައި5 ކިލޯ ފުޅި ވިއްކަން ފަށައިފައެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް