ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ހުޅުމާލެއިން ދެ ބިދޭސީއަކު އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕުރޮގުރާމު (އެމްއެމްސީޕީ) ގެ ދަށުން މިއަދުވެސް ހުޅުމާލޭގައި މޮނިޓަރ ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މިއަދު 31 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އިމިގްރޭޝަނުން ވަނީ އިއްޔެވެސް ހުޅުމާލެއިން 45 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ މީހަކު އަތުލައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް