މިފްކޯއިން ވިޔަފާރި ފުޅާކުރުމަށް ޖަޕާނުގެ ކުންފުންޏަކާއި މަޝްވަރާތަކެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ އިދާރާއެކެވެ.

ފްކޯއިން ބުނީ އެ ކުންފުނިން ބައްދަލުކުރީ ޖަޕާނުގެ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) ކުންފުންޏާއިކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރީ މިފްކޯގެ އުފެއްދުންތައް ޖަފާނުގައި ވިއްކުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންކަމަށެވެ. އަދި މިފްކޯގެ ވިޔަފާރި ޖަފާނުގައި ފުޅާކުރުމަށްވެސް ޖެޓްރޯ ކުންފިނިިން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރިކަމަށް މިފްކޯއިން ބުނެއެވެ. މި މަޝްވަރާތައް އޮތީ ޓޯކިޔޯއަށް ހުންނަ ޖެޓްރޯގެ މައި އޮފީހުގައެވެ.

މި މަޝްވަރާގައި މިފްކޯގެ ފަރާތުން ބައިވެރިވީ އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު އަހްމަދު އާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ވެސް ވަނީ ބައިވެރިވެފައެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް