އެމްބިއުލާންސްތައް މަރާމާތުކޮށް ބަލަހައްޓަން އެމްޕީއެލްއަށް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފި އެވެ.

އެމްޕީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އެމްބިއުލަންސްތައް މަރާމާތުކުރުމާއި ސާވިސްކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.

އެމްބިއުލާންސްތައް ބަލަހައްޓަން އެމްޕީއެލްއާ ހަވާލު ކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެމްޕީއެލްއާ އެވެ.

މި މަސައްކަތް އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް