އަލިފުށީ އެއާޕޯޓުގެ މަސައްކަތް ފަށަނީ

ރ. އަލިފުށީ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ތައްޔާރުވެއްޖެއެވެ.

އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާ، އެސަރަޙައްދު ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 1200 މީޓަރުގެ ރަންވޭއަކާއި އެޕްރަންއާއި ޓެކްސީ ވޭއަކާއި އެއާޕޯޓުގެ މަގުތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޓަރމިނަލް ޢިމާރާތާއި، ފަޔަރ ބިލްޑިންގ ތަރައްޤީކޮށް އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް