އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިރަށްތަކަށް އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމްއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ޞިއްޙީ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން ސްޓޭޓް މިނިސްޓަރ ޤާސިމް ވަނީ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައި ވެސް 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ހަވާލުކުރެވިފައެވެ. އަދި އިތުރު އެމްބިއުލާންސް މިއަހަރުތެރޭގައި ހަވާލުކުރުމަށްވެސް ނިންމާފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް