ފަހު ދިހައަކަށް ސަރުކާރު ބަންދުވެއްޖެ

މި ރޯދަމަހުގެ ފަހު 10 އަކަށް, މިއަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.

މިއަދަކީ މި ރޯދަމަހުގެ ފަހު ދިހައެއްގެ ރޭ ތައް ގުނަން ފަށާ ދުވަހެވެ. ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކަލަންޑަރު ބުނާގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެއެވެ. ފިތުރު އިދާއި ގުޅިގެން މިމަހުގެ 21 އަދި 22 ގައިވެސް ސަރުކާރު ބަންދުކަމަށްވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ފަހު ދިހައިގެން ބަންދާއިއެކު 14 ދުވަސް ސަރުކާރު ބަންދުވާނެއެވެ. އެގޮތުން މާދަމާ ސަރުކާރު ބަންދުވާގޮތަށް ދެން ހުޅުވޭނީ މި މަހުގެ 23 ވާ ހޯމަ ދުވަހުއެވެ.

1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީިސް މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.

ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެމުން ގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް